ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުއްޓާއި ހޯރަފުށީ އެއާޕޯޓުގައި ރެސްޓޯރަންޓެއް ހަދަނީ

~ ކުޅުދުއްފުށި ސިޓީ ~ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށި ސިޓީ އާއި ހއ. ހޯރަފުށި އެއާޕޯޓުގައި ރެސްޓޯރަންޓެއް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

ހޯރަފުށި އެއަރޕޯޓާއި ކުޅުދުއްފުށި އެއަރޕޯޓްގައި ރެސްޓޯރަންޓް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއަރޕޯޓްސްއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ. މި ދެ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން އެއްފަހަރާ 50 މީހުންނަށް ޚިދުމަތް ދެވޭނެ ރެސްޓޯރެންޓެކެވެ. މި މަޝްރޫޢަކީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.

އިއުލާނުގައި ބުނީ އެ އެއާޕޯޓުތަކުގައި ރެސްޓޯރަންޓު ގާއިމް ކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: