ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޔޫގައި ފަރުވާދެމުން އަންނަނީ 3 މީހަކަށް, އެކަކު އޮތީ ވެންޓިލޭޓަރުގައި

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭ ގައި ކޮވިޑް 19 އަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ 3 މީހަކަށް ކަމަށާއި އޭގެތެރެއިން އެކަކު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި 2 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި އެކަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުލޫ ކްލިނިކްތަކަށް 150 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، 95 މީހެއް ސާންޕަލް ނަގާފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 10،157 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި 8950 މީހަކު ބަލިން ވަނީ ރަނގަޅު ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: