ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ: ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ތަހުގީގު ނިމޭނެ!

ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި އޭސީސީގެ ރައީސް އައިމިނަތު ޝިއުނާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައުވާ ވެންޓިލޭޓަރުތައް މިހާތަނަށް ވެސް ރާއްޖެ އައިސްފައި ނުވާތީ އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިމެނޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި ދެ މިނިސްޓްރީގެ ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭސީސީއަށް އަމާޒުވެފައެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ކޮރޮޕްޝަންގެ އަމަލެއް ހިނގާފައި ނެތް ކަމަށް އޭސީސީން ބުނެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭސީސީގެ އަމާޒުވެގެން ދިޔައެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ވެންޓިލޭޓަރުތަކުގެ މައްސަލައި އޭސީސީން ކުރިއަށް ގެންދާ ތަހުގީގަށް މިވަގުތު މަގާމުން އެކަހެރިވެ ވަޑައިގެން ހުންނެވި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއާއި އޭސީސީން ސުވާލުކޮށްފައިވާ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައި ވާތީ އެކަމާއި ގުޅޭ ގޮތުން “ސަންގު” އިން ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި އަދި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނަގަން ޖެހޭ ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް ކޮމިޝަންގެ ތަހުގީގު ޓީމުން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މައްސަލައިގައި މިހާތަނަށް ސުވާލު ކުރި މީހުންގެ މައުލޫމާތާއި އަދި ބަޔާން ނަގާފައިވާ މީހުންގެ މައުލޫމާތާއި އަދަދު ހާމަ ނުކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީން ކުރިއަށް ގެންދާ ތަހުގީގުގަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ އަދަދު ހާމަ ނުކުރި ނަމަވެސް ކުރިއަށް ދެ ހަފްތާ ތެރޭގައި މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.  ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދާއިރު މި މައްސަލައިގައި ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންއާ ހެލްތު މިނިސްޓްރީން ހަވާލުކޮށް، 30 މިލިއަން ރުފިޔާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ހެލްތް މިނިސްޓްރީގެ އިސް ވެރިން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ކޮމެޓީ ބައްދަލުވުމުގައި އޮޮޑިޓް ރިޕޯޓާ ހަވާލާދީ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ރިއާޔަތްކުރީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތަކަށް ވުރެ ބޮޑަށް އެހެން ގޮތްގޮތުން ލިބުނު މައުލޫމާތުތަކަށް ކަމަށެވެ. އެހެންވެ، އެއީ އިންސާފުވެރި ރިޕޯޓެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި މަކަރާ ހީލަތްތައް ހަދާފައިވާ ކަމަށް ފެންމަތިވެގެން ދިޔަ އެ ރިޕޯޓުގައި އެގޮތަށް އޮތް ނަމަވެސް، ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ އަށް ގަބޫލު ކުރެވޭ ގޮތުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި މަސައްކަތްކޮށްފައިވަނީ އޭރު ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކަންތައްތަކެއް ކުރުމަށް ކަމަށެވެ.

ގިނަ ކަންތަކެއް ހާމަވެގެން ދިޔަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީއިން، ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) އާއި އެހެނިހެން މެޑިކަލް ސާމާނު ހޯދުމަށް ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން އެކިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ތަކެތި ހޯދުމަށް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅާފައި ވަނީ، ތަކެތި ފޯރުކޮށްދިނުމަށް ނަގާ މުއްދަތަށް 35 އިންސައްތަ ޕޮއިންޓް ލިބޭގޮތަށް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަށް މުއްދަތުގެ ބައިން އެންމެ މަތިން ޕޮއިންޓް ލިބޭ ގޮތަށް ކަމަށެވެ.

ޕީޕީއީތައް މިއީ އަވަހަށް ބޭނުންވާ ތަކެތިކަމަށް ވުމުން، ތަކެތި ފޯރުކޮށް ދިނުމަށް ހުށަހަޅާ މުއްދަތަށް ނިސްބަތުން ގިނައިން ޕޮއިންޓް ލިބޭގޮތަށް ބިޑްތައް ވަޒަންކޮށްފައި ވީ ނަމަވެސް ބިޑްތައް ވަޒަންކުރުމުގައި، އެކި ފަރާތްތަކުން ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމިޓީން ބަލައި ވަޒަންކޮށްފައި ނުވާކަނަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑު ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ދުނިގޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރިކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމަށް ބުރު އަރާފައިވާ ދުވަސްވަރަކާއި ބަލައި ރާއްޖެއިން ބޭރުން އެ ތަކެތި އެތެރެކޮށް ސަޕްލައި ކުރުމަށް އެކަށީގެން ނުވާ ކުރު މުއްދަތެއް ބައެއް ކުންފުނިތަކުން ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް މިނިސްޓްރީއިން އޭގެއިން އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް، ބައެއް އައިޓަމްތައް ފޯރުކޮށްދިނުމަށް ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށް އޮޑިޓުން ދައްކައެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށްވުރެ އަގުހެޔި ބިޑުތަކެއް ވެސް ހުށަހަޅާފައި ހުރި ކަމަށެވެ. އޭގެ ސަބަބުން ހުށަހެޅި މުއްދަތަށް ތަކެތި ނުގެނެވި، ކުންފުނިތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: