ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުމާ އެއްގޮތަށް އިންޑިއާ އިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ހަދިޔާކޮށްފި

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަސްކަރިއްޔާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

މިއީ އިންޑިޔާ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއާކްރާފްޓެކެވެ.

ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ އާދެމެދު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއާކްރާފްޓް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ.

އިންޑިއާ އެމްބަސީން ބުނީ މި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައި ކަމަށްވާއިރު މި ބޯޓުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.

މިބޯޓުގެ ބޭނުންކޮށްގެން ސަރޗް އެންޑް ރެސްކިޔު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ އިތުރުން އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްބަސީން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: