ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހު ގެންނަނީ ޕްރެޝަރެއް އޮވެގެން ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެނެއް ނޫން: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އޮވެގެން ނުވަތަ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅު އަޅާކަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ކޮމިޝަނުން އިސްވެ ކުރާ މަސައްކަތަކީ ވަކި ފަރާތެއްގެ ނުޒޫފު އޮތް ކަމެއް ނޫން ކަމަށެވެ.

ޝަރީފް ވިދާޅުވީ އިސްލާހުތައް ގެންނާނީ ޕާޓީތަކުގެ މަޝްވަރާއާއެކުގައި ކަމަށާއި އެ އިސްލާހުތަކަކީ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ.

ސިޔާސީ ހަރަކާތްތައް ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ހިންގަން އީސީން އަބަދުވެސް ހިތްވަރުދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި  ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް ލިޔުމުން ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް މީގެ ކުރިންވެސް އެ ކޮމިޝަނުން ފުރުޞަތުދިންކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ސީޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް އެކޮމިޝަނުން އަބަދުވެސް މަރުޚަބާ ކިޔާނެކަމަށާއި އެ ގާނޫނު ތަންފީޒު ކުރާ ފަރާތަކީ ސިޔާސީ ޕާޓީތަކަށްވުމުން، ސިޔާސީ ޕާޓީތަކުގެ ނަޒަރިއްޔާއިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ތި ބޭފުޅުންނަށް ޔަގީން ކަން އަރުވަން ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާޝިޕެއް ނުވަތަ އެއްވެސް ފަރާތަކުން އަޅުގަނޑުމެނަށް އަންގައިގެނެއް ނޫން، އެއްވެސް ޕާޓީއަކުން ދެކެވަޑައިނުގަންނަވާ، އަޅުގަނޑުމެން މިކަން މި ކުރަނީކީ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށް” ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގެންނަން ބޭނުން އިސްލާހުތަކުގެ ތެރޭގައި ފޯމުތަކުގެ ސައްޙައްކަން ސިޔާސީ ޕާޓީތަކުން ކަށަވަރުކުރުމާއި، ޕާޓީތަކުގެ ހަރަކާތައް ހިންގުމާއި ގުޅޭ ގޮތުންނާއި ޕާޓީތަކަށް ދަޢުލަތުންދޭ މާލީ އެހީ ބަހާނެގޮތްތަކާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވުމުގެ އިސްލާހުތައް ހިމެނެއެވެ.

ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި އަންގާރަ ދުވަހު އޮތް ބައްދަލުވުމުގައި، ސިޔާސީ ޕާޓީތަކުން އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުން އަންގާ ކަންކަން ޕާޓީތަކުން ކުރަން ޖެހޭނެ ކަމަށް އޮތް އިސްލާހު ޑްރާފްޓުން އުނި ކުރުމަށެވެ. ސަރުކާރަށް ނިސްބަތްވާ ޕާޓީތަކާއި އިދިކޮޅުންވެސް އެކަމަށް އެދިފައިވެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ހިންގާ ކަންކަން ހިންގަންވާނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ މެންބަރުންގެ ލިސްޓަށް ބަލައިގެންކަމަށް ޑްރާފްޓުގައި ހިމަނާފައިވާ އިސްލާހު، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ލިސްޓަށް ބަލައިގެން ކުރިއަށް ގެންދެވޭ ގޮތަށް ބަދަލު ގެނައުމަށްވެސް ޕާޓީތަކުން އެދިފައިވެއެވެ.

ގާނޫނަށް ގެންނަން އީސީން ކަނޑައަޅާފައިވާ އިސްލާހުތަކަށް ސިޔާސީ ޕާޓީތުކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މިއަދު ކުރިއަށް ގެންދާ ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓިތަކަކުން ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: