ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރުގެ އިންޒާރު: ކިތަންމެ ބައިވަރު އިންޑިއާ ސިފައިންނެއް ތިއްބަސް ބާލާނަން!

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު: ފޮޓޯ ދި އެޑީޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ބައިވަރު އިންޑިއާ ސިފައިންނެއް ރާއްޖޭގައިި ތިއްބަސް ބާލާނަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ހަދިޔާކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އުމަރު ވިދާޅުވީ މިއަދަކީ ކަޅު ދުވަހެއް ކަމަށާއި މި ނުރައްކަލުގެ ވާހަކަ އަޅުގަޑުމެން ދައްކަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިޙުސާސް ކުރެއްވޭނެ ކަމަށް ހީކުރާ ކަމަށެވެ.

“ހަދިޔާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވީ. ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން.” އުމަރު ވިދާޅުވިއެވެ.

އިންޑިއާ އެމްބަސީން ބުނީ މި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައި ކަމަށްވާއިރު މި ބޯޓުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.

މިއީ އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ފްލައިޓެކެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 44%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: