ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް، މިއަދު 37 ކޭސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިއަދު 37 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެއިން ކަމަށާއި އަނެއް ތިން މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 31 ދިވެހިންނާއި ހަ ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،194 އަށް އަރާފައެވެ. މީގެތެރެއިން 1116 މީހުންނަށް ފަރުވާ ދެމުން އަންނައިރު 80 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9037 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 34 މީހަކު ނިޔާވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: