ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ތައުބާ” ވުމުން އިޔާޒްގެ ތައުރީފް އަދީބަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ކުރެވިފައިވާ ކުށްތަކަށް ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމުން މަޝްހޫރު ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒު ތައުރީފު ކުރައްވައިފިއެވެ.

އަދީބު އިއްޔެ ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރެވިފައިވާ ކުށްތަކަށް ތައުބާވެފައިވާ ކަމަށާއި އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

މިކަމާ ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ މާފު ކުރުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާގެ ހަދީތެއް ހިއްސާ ކުރައްވާފައެވެ.

“ކޮންމެ އިންސާނަކީ ވެސް ކުށް ކުރެވޭނެ މީހެކެވެ. އޭގެ ތެރެއިން އެންމެ ހެޔޮ މީހަކީ ކުށް ކުރެވޭ ހިނދު އެކަމަށް ތައުބާވާ މީހާއެވެ- ހަދީޘް” އިޔާޒުގެ ޓްވީޓުގައި ވެއެވެ.

ކޯޓުގައި ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށާއި ދައުލަތަށް މިކަމުގައި އެއްބާރުލުން ދެމުން އަންނަނީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

އަދި މި މައްސަލައިގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހި ސިއްހީ އެކި މައްސަލަތަކަކާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކުރެވުނު ކުށްތަކާއި މެދު ހިތާމަކޮށް، ތައުބާ ވެފައިވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި ދައުލަތާއި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދޭ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މިއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައްޔިތުންގެ ކިބައިން އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: