ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކައިގެން އެއްހާސް ރުފިޔާ ހޯދުމުގެ ފުރުސަތު!

ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކައިގެން އެއްހާސް ރުފިޔާ ހޯދުމުގެ ފުރުސަތު/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ އެޕް މެދުވެރިކޮށް ކަސްޓަމަރުން ބިލް ދައްކައިގެން 1،000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ސްޓެލްކޯއިން ފަށައިފިއެވެ.

އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުތައް ހިއްސާކޮށް ސްޓެލްކޯއިން ބުނެފައިވަނީ، މި ޕްރޮމޯޝަން މެދުވެރިކޮށް 10 ކަސްޓަމަރަކަށް 1،000 ރުފިޔާ ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މި މަހުގެ ތެރޭގައި އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މަސް ނިމުމާއި އެކު އެޕް މެދުވެރިކޮށް ބިލް ދައްކާފައިވާ ކަސްޓަމަރުން މެދުގައި ހާއްސަ ގުރު ނެގުމެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކަސްޓަމަރު ފައިސާ ދައްކާ ބިލަކީ ފަހުގެ ބިލަކަށް ވާން ވެސް ނުޖެހޭނެ ކަމަށް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން ކުރީ މަހުގެ ބިލްތަކަށް ފައިސާ ދެއްކުމުން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

“ޕްރޮމޯޝަން ކުރިޔަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން. އެ މުއްދަތުގެ ތެރޭގައި ދައްކަވާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭ. އޭގެ ކުރީ މަހުގެ ބިލްތައް ދެއްކެވިނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ.” ސްޓެލްކޯ

،މީގެ އިތުރުން ސްޓެލްކޯއިން ބުނެފައިވަނީ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކާއި އެކު ކަސްޓަމަރަކަށް ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އެއަށްފަހު ބިލަށް އަރާފައިވާ ޖުމްލަ ފައިސާ އާއި، ބިލަށް އަރާ ޖުމްލަ އަދަދު އަމިއްލައިން ވެސް ހިސާބުކޮށްލެވޭނެ ކަމަށެވެ. ކަސްޓަމަރުންނަށް އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގަރައިޒް ކޮށްލެވޭނެ އެވެ.

ސްޓެލްކޯގެ މި އެޕްލިކޭޝަން މެދުވެރިކޮށް ފާއިތުވީ ހަ މަސް ދުވަހުގެ ތެރޭގައި ކަރަންޓު ބޭނުން ކުރެވިފައިވާ މިންވަރު ބަލާލެވޭނެއެވެ. ސްޓެލްކޯ އެޕް އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ފޯނަށް އެޕްލިކޭޝަން ޑައުންލޯޑު ކުރުމުން ކޮންމެ މަހަކު ވެސް އެ އެޕަށް ބިލް ލިބޭނެއެވެ.

ސްޓެލްކޯއިން ވަނީ ކުންފުނިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ތަނުގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް ފަރާތަކަށް ބައިވެރިނުވެވޭނެކަން ފާހަގަކޮށްފައެވެ. ސްޓެލްކޯ އެޕް https://ebill.stelco.com.mv/epay މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: