ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންއަށް އަނިޔާދިން ސަބަބު ނުބުނަނީސް، އަދީބަށް މައާފެއް ނެތް – ރިޟްވާންގެ އާއިލާ

ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ކުރީގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންއަށް އަނިޔާދިން ސަބަބު ނުބުނަނީސް ، ކުރީގެެ ނައިބު ރައީސް އަހުމަދު އަދީބަށް މައާފުދެވެން ނެތް ކަމަށް ރިޟްވާން ގެ އާޢިލާއިން ބުނެފިއެވެ.

ރިޟްވާންގެ އަޢިލާއިން މިހެން ބުނެފައިމިވަނީ އެމްއެމްޕީއާރްސީ މައްސަލާގައި އަދީބުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއާ ގުޅޭ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު، އަދީބު އިއިތިރާފުވެ . އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ކަމަށާއި، ދިވެހި ރައްޔިތުންގެ ފަރާތުން މައާފަށް އެދޭ ކަަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރިލްވާނަށް އެފަދަ ލާއިންސާނީ އަނިޔާއެއް ދިން ބަޔަކަށް ހިމާޔަތާއި ރައްކާތެރިކަން ދިން ސަބަބު އަދީބު ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އަދި ރިލްވާން ވަގަށް ނަގައި އަނިޔާ ދިން އަނިޔާވެރިންނަށް ހިމާޔަތް ދިނުމަށް ފަހު، އެ މީހުން ރާއްޖެ އިން ބޭރަށް ފޮނުވާލަން އަދީބު އެހީތެރިވެފައިވާ ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: