ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް އެކަޑަމީ އާއި ތިން ގެއެއް މޮނިޓަރިންއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ކޮޗިން އިން އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނާ ކޮންޓެެެކްޓްވި އެކެޑަމީގައި މަސައްކަތްކުރާ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ޕޮލިސް އެކަޑަމީގެ މަސައްކަތު ސައިޓާއި ތިން ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޕޮލިސް އެކަޑަމީގެ މަސައްކަތަށް ކޮޗިން އިން އައި 128 މީހުންގެ ތެރެއިން 53 މީހަކު މިހާތަނަށް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި 53 މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ހުރިހާ އެންމެން އިތުރު 14 ދުވަހަށް ކަރަންޓީނުކޮށްފައިވާ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެއެވެ.

އަދި ޕޮޒިޓިވް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 24 ރަށެއްގައި 90 އެކްޓިވް ކޭސް އެބަ އުޅެއެވެ. މީގެތެރެއިން ގިނައިން ހިމެނެނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: