ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ... ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވިއްސާރަ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން 3 އަތޮޅަކަށް  ޔެލޯ އެލާޓް ނެރެފިއެވެ.

ސަމާލު ނެރެފައި ވަނީ ތ، ލ، އަދި ގއ. އަތޮޅަށް މިރޭގެ 19:15 އިން ފެށިގެން 23:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި މި 3 އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިރޭގެ 22:00 ޖެހުމާއި ހަމައަށް ތ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ހުދު ސަމާލުވެސް މެޓު އޮފީހުން ނެރެފައިވާކަން ފާހަފަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: