ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ޕޮލިސް އެކެޑަމީގެ މަސައްކަތަށް އައި މީހުން ކަރަންޓީނާ ހިލާފުވި!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ޕޮލިސް އެކަޑަމީން ޕޮޒިޓިވްވި މީހުން ކަރަންޓީނުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު އައްޑޫން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އެސިޓީގައި ތަރައްގީކުރާ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރުމަށް ގެންދިޔަ އިންޑިއާ ބައެކެވެ. އެގޮތުން 128 މީހުން ކަރަންޓީންގައި ތިބި އެ ސައިޓުގެ 53 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެ ސައިޓްގެ ސެކިއުރިޓީ ބަލަހައްޓާ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން އިތުރު މީހަކާއި އެކެޑަމީގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އިތުރު އެކަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އެމީހާއަކީ ކަަރަންޓީނުގައި ތިބި މީހުންގެ ސައިޓަަަށް ގޮސްފައިވާ މީހެެއްކަން ވެސް ފާހަގަކުރައްވަ އެވެ.

“ކަރަންޓީންގެ އުސޫލުތަކާވެސް ހިލާފުވެފައިވާކަމަށް މި ފާހަގަކުރެނީ. އެއީ ކަރަންޓީންގައި ތިބި މީހުން ކައިރިއަށް އެހެން މީހަކު އެމީހުންގެ ވޯކް ސައިޓުންވެސް އައިސްފައިވާ ކަމަށް. އަޅުގަނޑުމެން މިވާހަކަ ވާނީ ޕޮލިހަށްވެސް ރެފާކޮށްފައި،” ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ކޭސްތަކާ ގުޅިގެން 377 ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން 56 މީހުން ޕޮޒިޓިވްވެފައިވާއިރު، 85 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އަދި އިތުރު 74 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: