ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ގިނަ ބަޔަކު ޓެސްޓު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒްޓިވްވުމާއި ގުޅިގެން، އެ ސްްޓޭޝަންގައި މަސައްކަތް ކުރާ އެހެން ފުލުހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން އައިސޮލޭޝަންއަށް ބަދަލުކޮށްފައިވާއިރު، ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުންވެސް ވީހާވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސަރވިސަސްއާއި ގުޅިގެން މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ފޮޒްޓިވްވި ފުލުސް މީހާ މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓްކޮށް، އެސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް ގިއަރތައްވެސް ޑިސްއިންފެކްޓްކުރުމަށްފަހު، އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތައްވެސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން ފުލުހުންގެ އެކި ބޭނުންތަކުގައި ޕޮލިސް ސްޓޭޝަންތަކަށް ހާޞިރުވުމުގެ ބަދަލުގައި ޚިދުމަތްތައް ހޯއްދެވުމަށް ފުލުހުން ވެބްސައިޓްގެ އީސަރވިސަސް ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: