ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ޕޮލިސް ކޭސްއާ ގުޅުންހުރި އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީން ކޮވިޑް-19އަށް ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅުންހުރި އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިރޭ ޕޮޒިޓިވްވެފައި ވަނީ ފުލުސް މީހީއާ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ދެ ފުލުހެކެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ މީހުން ތިބީ އެކަހެރިކޮށްފަ އެވެ.

މިއަދު ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ހދ އަތޮޅުން 23 މީހެއްގެ ސާމްޕަލެއް ނަގާފައިވެ އެވެ. އެއީ ކުޅުދުއްފުށިން ނެގި 10 ސާމްޕަލަކާއި ކުރިނބީ ނެގި 13 ސާމްޕަލެކެވެ.

ފުލުސް މީހާ ޕޮޒިޓިވްވުމާ ގުޅިގެން ކުޅުދުއްފުށި ވަނީ އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. ނަމަވެސް އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: