ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރަވީ ބިލްޑިންގް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައި، ތަޅާލުމަށް ގޮވާލަން : މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ހުރަވީ ބިލްޑިންގް މިހާރު ހުރީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިގޮތަށް ގޮވާލާފައިވާވަނީ، ހުރަވީ ބިލްޑިންގގައި ހުރި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އޮފީހުގެ ފްލޯގެ ސީލިންގ ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ރީޓްވީޓް ކުރައްވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ހުރަވީ ބިލްޑިންގް ހުރީ ވޭތުވެދިޔަ ދެ އަހަރު އެއްވެސް މަރާމާތެއް ނުކުރާތީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށެވެ. އަދި ރައްޔިތުންނާއި ތަކެއްޗަށް ބޮޑު ގެއްލުމެއް ނުލިބެނީސް ރަނގަޅު ފެންވަރުގެ މަރާމާތެއް ކުރުން ނޫނީ މުޅި އިމާރާތް ހުސްކޮށްފައި ތަޅާލަން މުއިއްޒު ވަނީ ގޮވާލާފައެވެ.

މީގެ ކުރިންވެސް ހުުރަވީ ބިލްޑިންގގެ އިމާރާތުގެ ބައެއް ތަންތަން ވެއްޓި ބައެއް އެއްގަމު އުޅަނދުފަހަރުތަކަށްވެސް ގެއްލުންވެފައި ވެއެެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: