ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވެލިފުށީގައި 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ޕްރޮޖެކްޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަސަކަތް ފަށާފައިވަނީ ފެނަކަ ކޯޕަރޭޝަންއިންނެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެ ޕްރޮޖެކްޓު ނިމުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބޮން ޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 16.5 ޓަން މަދުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފެނަކައިން ބުނީ މި ޕުރޮޖަކްޓަކީ  ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕުރޮޖެކްޓެއްކަމަށެެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން 12 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް އިންސްޓޯލް ކުރެވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: