ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި މިއުޅެވެނީ އެކާވީސް ވަނަ ގަރުނުގެ އެންމެ ބޮޑެތި ޣައްދާރުންނާއެކު: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައްޔިތުންގެ މަޖިލީހުގައި މިއަދު މަސައްކަތްކުރަން ޖެހިފައިވަނީ އެކާވީސް ވަނަ ގަރުނުގެ އެންމެ ބޮޑެތި ޣައްދާރުންނާއެކުގައި ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއާ އާއި ރާއްޖެއާ ގުޅޭ ގޮތުން މި ސަރުކާރުގެ ވަޒީރުން ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ ދިވެހިންނަށް ނިކަމެތިކަން ލިބޭ ގޮތަށް ވަޒީރުން ވާހަކަ ދައްކަވާއިރު މަޖިލީހުގެ މެޖޯރިޓީ މެންބަރުން އަޅާނުލާ ތިއްބެވުމަކީ ގައުމަށް ޣައްދާރުވުން ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓަރު މާރިއާ ދީދީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަކީވެސް ޣައްދާރުންނެވެ. އެގޮތުން ރާއްޖެ ހިފިދާނެ ކަމަށް މާރިއާ ދީދީ ވިދާޅުވި ވާހަކަ އާއި އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި ވާހަކަ ކުށްވެރިކޮށް ޝިޔާމް ވިދާޅުވީ އެއީ ވަޒީރަކު ދައްކައިގެންވާނެ ވާހަކައެއް ނޫން ކަމަށެވެ.

މާރިއާ އާއި ފައްޔާޒް ދެއްކެވީ ވަރަށް ލަދުވެތި ވާހަކަތަކެއް ކަމަށާއި އެ ދެ ވަޒީރުން ކޮށްގެންތިބި ހުވަޔާއި ޚިލާފުވުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކޮންފަދަ ލަދުވެތި ވާހަކަތަކެއްތޯ އެ ދެއްކެވީ، އަޅުގަނޑު އެހެންވެގެން ރައްޔިތުންގެ މަޖިލީހުގައިވެސް މި ދަންވަނީ އެކާވީސް ވަނަ ގަރުނުގެ އެންމެ ބޮޑެތި ޣައްދާރުންނާއެކީގައޭ ރައްޔިތުންގެ މަޖިލީހުގައި މިއަދު މިއުޅެވެނީ، އެހުވާ މަތީގައި ހުންނަ ވަޒީރަކު ދައްކައިގެން ނުވާނެ ވާހަކައެއް އެއީ، އެހިސާބުން އެވީ ޣައްދާރަކަށް، އިރާދަކުރެއްވިއްޔާ ނުހިފޭނެ މިގައުމެއް" ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ވަޒީރުންނަކަށް މި ރާއްޖެ ވިއްކާލަން ފުރުސަތު ދޭ ވާހަކައާއި، ދިވެހިން މަރާ ވާހަކަ ދެއްކިގެން ނުވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭއާ ގުޅޭގޮތުން ބިރުވެރި ނުރައްކާތެރި ވާހަކަ ދައްކަވާ ވަޒީރުން އެ މަޤާމުތަކުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. މީ ހުރިހާ ދިވެހިންގެ ވެސް ގައުމު ކަމަށާއި އެންމެންވެސް އިޚްލާސްތެރިވާންޖެހޭނީ ގައުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި ދެގައުމުގެ ރައްޔިތުންގެ މެދުގައިވެސް އެ ގުޅުން އޮންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ދިމާވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިންޖިނޭރުންވެސް ރާއްޖޭގައި މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ދިވެހިންވެސް ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އެތައް ކަމެއް ޚިދުމަތެއް ހޯދާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: