ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭ 70،000 ޓެކްސް މެސެޖު އާންމުކުރާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި 70،000 އަށްވުރެ ގިނަ ޓެކްސް މެސެޖު ލިބިވަޑައިގެންފައިވާކަމަށާއި އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލުގެ ބަހުސް މަރުހަލާގައި ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭ އިރު ވެސް އެކަމާ ގުޅިގެން އޭސީސީން ވެސް އަދި ފުލުހުންނާއި ޕީޖީން އެއްވެސް ދައުވާއެއް ނުއުފުލައި ތިބޭ ތިބުމަކީ ވަރަށް ބޮޑަށް ހުއްޓުން އަރާ ކަމެއް ކަމަށެވެ.

“އޭސީސީއަށާއި މަޖިލީހަށް އަޅުގަނޑު އެރުވިން 70،000 ޓެކްސްޓް، ފޯނުގެ ޓެކްސްޓް، އެސްއެމްއެސް. އެއީ ކުރީގެ ނައިބް ރައީސްގެ ފޯނާއި ކުރީގެ ނައިބް ރައީސް ގާތް އެކިއެކި ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް. އަދި ހަމައެހެންމެ އެއާއިކީ ނައިބް ރައީސް އަމިއްލަފުޅަށް އެބޭފުޅާ އިޢުތިރާފްވެ ވަޑައިގެންނެވި އިރުގައި އެތައްއެތައް ވާހަތަކެއް ކިޔައި ދެއްވައިފި. އަޅުގަނޑު މިމެސެޖްތައް އާންމު ކުރާނަން.” ނަޝީދު ވިދާޅުވިއެވެ.

ކޮރަޕްޝަން ބެލުމުގައި އޭސީސީ ނުކުޅެދީފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ 444 ރުފިޔާގެ މައްސަލަ އޭސީސީއަށްވީ ވަރަށް ބޮޑު މައްސަލައަކަށް ކަމަށެވެ. އެހެންނަމަވެސް، އެމްއެމްޕީއާރުސީގެ މައްސަލަ، އޭސީސީއަށް އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. މިމައްސަލައިގައި ޝާމިލުވާ ބޭފުޅުން ސާފުކޮށް އޭސީސީއަށްވެސް އަދި ފުލުހުންނަށްވެސް އެނގޭއިރު، އެމައްސަލައިގައި ދައުވާނުކޯށް ތިއްބަވަނީ ކީއްވެތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

“ތަހުގީގީ މާހިރަކަށް އަދި ގާނޫނީ މާހިރަކަށް ވާކަށް ނުޖެހޭ މިކަން ދިރާސާ ކުރާކަށް. ލޯމަރާލާފައި ލޯ ހުޅުވާލީމަ ފެންނަން އޮތްހާ ސާފުކޮށް ފެންނަން އޮތް ކަމެއް މިއީ.” ނަޝިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: