ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭ ފާހާނާތަކުގައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތައް ބޭނުންކުރުމަށް އެތަނުގެ ފާހާނާގައި ބަހައްޓާފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގާ މައްސަލަ ފެންމަތިވެއްޖެއެވެ.

އޭޑީކޭ އިން ރޭ ކުރި ޓުވީޓެއްގައި ވަނީ މެޝިނެއް ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހާ ފެންނަ ސީސީޓީވީ ފުޓެޖް ވެސް އާންމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ދަބަހެއް އަޅައިގެން ހުރި ފިރިހެނަކު އެ ހޮސްޕިޓަލަށް ވަންނަ ގޮތަށް ގޮސް އެތަނުގެ ފާހާނައަށް ވަދަގެންދާ ތަނެވެ. ވީޑިއޯއިން ފެންނަ ގޮތުން މިމިހާ ފުރަތަމަ ވަންނަނީ ފިރިހެނުންނަށް ހާއްސަކޮށްފައިވާ ފާހާނައަށެވެ. އޭގެ އިތުރުން އޭނާ ފިރިހެނުންގެ ފާހާނައިގެ އިތުރުން އަންހެނުންގެ ފާހާނާއަށް ވެސް ވަދެ ނުކުންނަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ފާހާނާތަކުގައި އަތް ހިއްކާ މެޝިންތައް ބެހެއްޓީ ދާދި ފަހުންކަމަށެވެ.

ކޮވިޑްގެ ޕެންޑެމިކްގެ ތެރެއިން އޭޑީކޭގައި ބަހައްޓާފައި ހުރި ސެނެޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލައެއްވެސް ވަނީ މީގެ ކުރިން ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: