ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ްެއެމްޑީޕީގައި ވައްކަމުގެ ވާހަކަ ދައްކަނީ ވައްކަމުގެ ނަފާ ބޭނުންވެ، އެ ނުލިބުނު މީހުން: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ އެމްޑީޕީގެ މެންބަރުން ވައްކަމުގެ ވާހަކަތައް ދައްކަނީ ކުރާ ވައްކަންތަކުން ނަފާ ނުލިބޭތީކަމަށް އިދިކޮޅުގެ ނައިބު އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ ސަރުކާރުން ވައްކަންކޮށް، ރައްޔިތުންނަށް ހިޔާނާތްވަމުންދާކަމަށް ބުނެ ހަރުއަޑުން ވާހަކަ ދައްކަވަނީ އެކަމުގައި ބައިވެރިވެ މަންފާ ނުލިބުނު މީހުން ކަމަށެވެ. ސަރުކާރު ގޯސްވެގެން، ސަރުކާރާއި ދެކޮޅަށް ވާހަކަތައް ދެއްކިޔަސް އެމްޑީޕީއަކީ އެއް ވިސްނުމެއްގައި ތިބެ ރައްޔިތުންނަސް ހިޔާނާތް ވާ ބައެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވި އެވެ. އަދި ވަކި ބަޔަކު ނިކުމެ، ދެން ތިބީ ގޯސް ބައެއްކަމަށް މަންޒަރު ދައްކަން އުޅުނަސް ހަގީގަތަކީ އެ މީހުން ވެސް ވައްކަމުގައި ބައިވެރިވާކަން ކަމުގައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ވީ އެންމެ ހިޔާނާތެއް ނޫންކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެކަނި ވެސް ރައްޔިތުންގެ ބުރަކަށީ ފިރުމާލަން ވީ ދުވަހު އެމްޑީޕީން ބެލީ ޖީބަށް ބަރު ކުރެވޭތޯ ކަމަށެވެ. އޭގެ ސަބަބުން އެތައް އާއިލާއެއް ނިކަމެތިވެ، އިހުމާލުތަކެއްގައި ޖެހި އެތައް ބަޔަކު ނިޔާވެގެން ދިޔަކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ.

ޝިޔާމް ވިދަޅުވީ އެމްޑީޕީގެ މެމްބަރުން ސަރުކާރު ރަނގަޅު ތޯ ގޯސްތޯ ކަނޑައަޅަން އެމްޑީޕީގެ މެދުގައި ކުރާ ބަހުސްތައް އަޑުއަހަން ރައްޔިތުން ބޭނުން ނުވާކަމަށާއި މުހިންމީ އެކަންކަން ހައްލު ކުރުން ކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވީ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީތެރެ ދެބައިވެ ސަރުކާރުގައި ހުރި ގޯސްތައް އެމްޑީޕީގެ މެންބަރުން އަމިއްލައަށް ދެއްކެވުމުންނެވެ.

މީގެ އިތުރަށް ޝިޔާމް ވިދާޅުވީ މި ސަރުކާރުގައި ވައްކަން އިންތިހާއަށް އެބަ އޮތްކަމަށެވެ.

ވެންޓިލޭޓަރުގެ ވައްކަމުން ފެށިގެން ރައްޔިތުންނަށް ލުއި ދިނުމުގެ ނަމުގެ ދައުލަތުގެ މާލިއްޔާއިން ނެގުނު ފައިސާއާއި ހިސާބަށް ވީނުވީއެއް ރައްޔިތުންނަށް ނޭގޭކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރަށް އެގި ހުރެ މި މަގްސަދުގައި ކޮށްފައިވާ ކަންތައްތަކެއްކަމުގައި އާއި މިއީ “ލޫޕްހޯލްސް” ތަކެއް ނޫންކަމުގައި ތުހުމަތު ކުރައްވާ ވިދާލޫވީ މި މައްސަލަތައް ބެލުމަށް ސަރުކާރުން ބޭނުން ނުވާ ސަބަބަކީވެސް މިއީކަމުގައެވެ.

އާންމު ރައްޔިތުން ހުށައެޅި އެތައް މައްސަލައެއް އޭސީސީގައި އެބައޮތްކަމަށާއި މީގެ ތެރޭގައި މުއައްސަސާތަކުގެ މައްސަލަ އާއި ކުންފުނިތަކުގެ މައްސަލައާއި މުއައްސަސާތަށް ހެޑް ކުރައްވަން ތިބި ޒިންމާދާރު ފަރާތްތަކުގެވެސް މައްސަލަތައް އެބަހުރިކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ. އިތުރަށް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ މީގެ ތެރޭގައި ހިމެނޭ މައްސަލަތަށްވެސް އެބަހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: