ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިޔާ އަށް ހަނގުރާމައަށް ގޮސް ރާއްޖެ އައި މީހާގެ ބަންދަށް 7 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރޭ އެނބުރި ރާއްޖެ އައުމުން ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި ޢުމުރުން 34 އަހަރުގެ މިހާ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް 7 ދުވަސް ކޯޓުން ޖަހައިދީފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނަޒައިޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ސީރިއާއަށް ހަނގުރާމައަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެމީހާއަކީ ސީރިޔާގައި ހިނގަމުންދާ ޓެރަރިސްޓު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޙަމީދު ރޭ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: