ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ކްލަސްޓާ: ކުޅުދުއްފުށިން އިތުރު ދެ ފުލުހަކު ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ އިތުރު ދެ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ދެ ފުލުހުން ޕޮޒިޓިވްވިކަން އެނގުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ކޭޓަރިންގެ ހިދުމަތް ދެމުންދާ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީއަކު ޕޮޒިޓިވްވުމާ ގުޅިގެން ނެގި ރޭންޑަމް ސާމްޕަލްތަކަކުންނެވެ.

އެގޮތުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންގެ އޮފިސަރުންގެ 75 ސާމްޕަލެއް ނެގައި އޭގެ ތެރެއިން ދެ ފުލުހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި ދެ ފުލުހުންނަކީ ކަރަންޓީނުގައި ހުރި ފުލުހުންނަށް ނުވާތީ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޕޮލިސް ކްލަސްޓާއާ ގުޅިގެން ތިލަދުންމަތިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރައިފި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: