ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު އިތުރު 41 މީހަކަށް ކޮވިޑް ޖެހިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟
އިތުރު 41 މީހަކަށް ކޮވިޑް ޖެހިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހުންނަކީ ދިވެހީން ކަމަށާއި ބާކީ ތިބި ހަތަރު މީހުންނަކީ ބިދޭސީން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 34 ކޭސް ފެނިފައިވަނީ ގުރޭޓާ މާލޭ އޭރިއާ ސަރަހައްދުންނެވެ. ބާކީ ހަތް ކޭސް ފެނިފައިވަނީ އަތޮޅު ތެރޭ އެހެން ރަށްތަކުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު މިވަނީ 11،154 އަށް އަރައިފައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު 64 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހަރު ހުރީ 9،995 ގައެވެ.

ކޮވިޑް ޖެހިގެންް 35 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: