ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އުޅަނދު ދުއްވުން މަނާވާ ގަނޑި ރޭގަނޑު 11ގެ ފަހަށް ބަދަލުކޮއްފި

ކާފިއުވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފި.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އުޅަނދު ދުއްވުން މަނާވާ ގަނޑި ރޭގަނޑު 11ގެ ފަހަށް ބަދަލުކޮއްފިއެވެ.

މީގެ ކުރިން އެޗްޕީއޭއިން އަންގާފައި ވަނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް މާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.

އެ ވަގުތައް ބަދަލު ގެނެސް އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް ބަދަލުގެނައި ނަމަވެސް ކާފިއު ވަގުތަށް ބަދަލުގެނެސްފައެއް ނުވެއެވެ. އަދިވެސް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 117%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: