ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ އަށް ހަމަލާދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމަކާއެކު އޭޑީކޭއަށް މީހަކު ފަރުވާ ހޯދަން އައިސްފައިވާކަމަށް އޭޑީކޭއިން ފުލުހުންނަށް މިރޭ 22:51 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމައްވެސް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ވަޅިޖަހާ ޒަހަމް ކޮށްލާފައިވަނީ ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދުގެ ގެ ގަޔަށެވެ. އެެހެންނަމަވެސް ފުލުހުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އަދި މި ހާދިސާއާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

އެހެންކަމުން މި ހާދިސާގައި އިބްރާހިމް ރަޝީދު އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: