ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މާރާމާރިއާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި އެއްވެސް މީހަކަށް އަދި މިހާތަނަށް ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީގެ ދެ ގުރޫޕެއްގެ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީގައި މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. މި މާރާމާރީގެ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ12:30 އެހާކަންހާއިރު ކަމަށެވެ. މި މީހާއަށް މިހާރު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި އެ ޒުވާނާގެ ހަށިގަނޑަށް ފުން ގިނަ ޒަހަމްތަކެއް ލިބިފައިވާއިރު އޭނާގެ އަތުގެ އިނގިލިތައްވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: