ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މީގެ ދެ ރޭ ކުރިން އައްޑޫ ސިޓީގައި ދެ ގްރޫޕަކުން ހިންގި މާރާ މާރީގައި އެކަކަށް ސީރިއަސް ޒަޚަމްތަކެއް ލިބި، އަންނަނީ ފަރުވާ ދެމުންނެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު ޒުވާނާއަށް ހަމަލާ ދީފައިވަނީ ތޫނު ހަތިޔާރު ހިފައިގެން ދެ ސައިކަލުގައި އައި 4 މީހުންނެވެ. އެ ހަމަލާގައި ޒުވާނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، ރޭ އެ ޒުވާނާގެ ހަތަރު ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެންދިޔަ އޮޕަރޭޝަނެއް ޒުވާނާ ވަނީ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: