ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ސަބްމެރިން ކޭބަލްތަކެއް ގެންނަން މަސައްކަތް ކުރަނީ

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޓީ.ޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ކޮވިޑް19ގެ ދަތި ދަނޑިވަޅާއި ކުރިމަތިލާންޖެހުނުކަމާއި، ރާއްޖެއަކީ އިގްތިސާދީ ގޮތުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވުމުން މި ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށެވެ.

ކޮވިޑް19ގެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަރނެޓް ވެގެން ދިއުމާއި އެކު ސަރުކާރާއި، އައި.އެސް.ޕީ ތަކުން މަސައްކަތްކޮށްފައިވަނީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް19ގެ ހާލަތުގައި އިންޓަރނެޓް ބޭނުންކުރެވޭ މިންވަރު ދެގުނަ ވެގެންދިޔުމުން ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުން ގޮންޖެހުމަކަށް ވެގެން ދިޔަކަމާއި، އެހެންނަމަވެސް ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ވީޑިއޯ އަދި ސްޓްރީމިން ކޮލިޓީއަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް މިނިސްޓަރ މަލީޙް ފާހަގަކޮށްލެއްވިއެވެ.

މީގެ އިތުރުން ބްރޯޑްބޭން ސަރވިސް ތަކަށް ބަލާއިރު އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއްދާ ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ. އެހެންކަމުން އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށްލެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: