ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފް ނަސީމްއަށް: ކުރިން ތިއީ ބާގީއެއް, މިހާރު ތިއީ އިޙްލާސްތެރިއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރު ޔޫތް މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އަކީ ބާގީއެއްކަމަށް ވިދާޅުވުމަށްފަހު ނަސީމް ހެލްތު މިނިސްޓަރަކަށް ހަމަ ޖެއްސުމާއެކު ނަސީމަކީ އިހްލާސްތެރިއެއް ކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

2012 ވަނަ އަހަރު މަހްލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ , ކެނަރީ އާއިލާ, ކެރަފާ އާއިލާ ގެ އިތުރުން މައިޒާން އާއިލާ އަކީ ބާގީންކަމަށާއި, މި އާއިލާތަކުން ދިވެހި ދަރިން މެރިކަން ދިވެހިން ހަދާން ނުނެތޭނެކަމަށެވެ.

އެއަށްފަހު ރައީސް އިބްރާހީމް މުހަންމަދު ސޯލިހު, ހެލްތު މިނިސަޓަރު ކަމަށް ނަސީމް (ކެރެފާ ނަސީމް) ހަމަޖެއްސުމާއެކު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރ ނަސީމް އަކީ ވަރަށް ހިތްހެޔޮ އޯގާތެރި ބޭފުޅެއްކަމަށާއި, ކަންކަމުގައި ވަރަށް ގަޔާވެގެން މަސައްކަތް ކުރާ އިޙްލާސްތެރި ބޭފުޅެއްކަމަށެވެ.

މަހްލޫފް ފަހުން ވަނީ 2012 ގައި ކުރި ޓުވީޓު ޑިލީޓް ކޮށްފައެވެ. އެހެންނަމަވެސް އެ ޓުވީޓަށް އެކި ބޭފުޅުން ކުރި ރިޕްލައި ތަށް މިހާރުވެސް ފެންނަން އެބަހުއްޓެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: