ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ ހަތެއްގައި އަމަލު ކުރީ ކޮންމެ ހާލެއްގައި ވެސް ޤާނޫނު އަސާސީ ނަގަހައްޓަން: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

2012 ގެ ފެބްރުއަރީ 07 ވަނަ ދުވަހު އަމަލުކުރެއްވީ ކޮންމެ ހާލަތެއްގައި ވެސް ޤާނޫނު އަސާސީ ނަގަހައްޓައި ހިފެހެއްޓުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ނަޝީދު އިސްތިއުފާދެއްވައި ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ ޙުވައި ކުރެއްވި ދުވަހަކީ ރައްޔިތުންގެ މަޖިލީހުގައި ޙަޔާތުގައި ކުރިމަތިވި އެންމެ ދަތި އުނދަގޫ އެއް ދުވަސް ކަމަށެވެ.

ޝާހިދު ވިދާޅުވީ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިސްތިއުފާ ޤަބޫލުކުރުން ފިޔަވައި ކުރެއްވޭނެ ވަކި އިތުރުކަމެއް ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ލިބުމުން އެމަޤާމު ހުސްވީކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮތް ނިންމުމުގެ އިޚްތިޔާރުއޮންނަ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އޭރުގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވާފައި، އެކަމުގެ ސިޓީ ފޮނުއްވި ހިސާބުން އެދުވަހު އަމަލުކުރީ އެހާތަނަށް ވެސް މަޖިލިސް ރައީސެއްގެ ގޮތުން އަމަލުކުރަމުންގެންދާ އުސޫލުގެމަތިންޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

އެދުވަހަކީ ރާއްޖޭގެ ޤާނޫނީ ޙުކޫމަތެއް ހިންގަންބޭނުންވާ އެއްވެސް މީހަކު އަންނަން އެދޭނެ ދުވަހެއްނޫން ކަމަށާއި އެދުވަހުގެ ފަހުން ރާއްޖޭގައި ހިނގައިދިޔަ ހަލަބޮލިކަމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަންތައްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ލިބުމުން އެމަޤާމު ހުސްވީ،  އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮތް ނިންމުމުގެ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫން، ފެބްރުއަރީ ހަތްވަނަ ދުވަހު އަމަލުކުރީ ކޮންމެ ހާލަތެއްގައިވެސް ޤާނޫނު އަސާސީ ނަގަހައްޓައި ހިފެހެއްޓުމަށް” ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ މަޤާމުތަކުގެ ޒިންމާ އުފުލަން ތިބޭ މީހުންނަށް ޒިންމާ ޢަދާކުރެވޭނީ ޤާނޫނު އަސާސީގެ އިމުގެ ތެރެގައިކަން ކަށަވަރުވެގެންދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރުގެ ޤާނޫނު އަސާސީއާ ކުރީގެ ޤާނޫނު އަސާސީތަކާ އެންމެ ބޮޑު އެއް ތަފާތަކީ މަޤާމުތަކުގައި ތިއްބަވާ ބޭބޭފުޅުން އިސްތިއުފާދެއްވުމުގެ އުސޫލުކަމަށެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަޤާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެފަދަ އެހެން މަޤާމަކުން އިސްތިއުފާދޭނަމަ އިސްތިއުފާގެ ސިޓީ ހަވާލުކުރުމުން ސިޓީ ލިބޭ ފަރާތުން އެކަން ޤަބޫލުކުރަންދެން އެމަޤާމެއްގައި ދެމިހުންނަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިސްތިއުފާގެ ސިޓީ ފޮނުވުމާއެކު އެމަޤާމެއް ހުސްވާކަން ޝާހިދުވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޙިތާމަޔަކަށްވީ ކޮންޓްރަކްޓް އެމްޑީޕީގެ ކޮންޓްރަކްޓްގައި ސޮއިކޮށް މިލިއަން ރުގިޔާގެ ފައިސާޔަށް އަލިމަގެއް އައިފަހުން އިސްތިއުފާގެ ސިޓީއައިމަ! އެކަންވެސް ޝާހިދު ހުންނެވީ އެނގިވަޑައިގެން ޝާހިދާއި އަޙްމަދު ތަސްމީނުއަލީ އާއި ދެމީހުންނަށް ގޮތްހުސްވީ ޑީއާރޕީ ތަބަކަށްލާފަ ދެއްވަމުން ރައީސްމައުމޫނު ޕާޓީއެއް ހެއްދެވީމާ ޑރޕ ގެ އޮތީނަމެއް! އަޅެ މިއީ ދޮގެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: