ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރު އިމްރާން ވިދާޅުވީ މޭޑޭގައި ގެންގުޅުއްވީ ހެކީގެ އަސްލެއް ނޫން ކަމަށް!

ކޮންމެ ކަމެއްވެސް ކުރައްވާނީ ޤާނޫނީ ޢިޖުރާޢަތުގެ ތެރެއިން - އިމްރާން..... ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި “މޭޑޭ މުޒާހަރާ” ގައި ގެއްލުވާލާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައިގެން ދެއްކި ކަރުދާސްތަކަކީ އަސްލެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އިމްރާންގެ ވާހަކަތައް ބަދަލުވަމުން އަންނައިރު، މިދިއަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިލްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިތައް ކޮބައިތޯ ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް  ސުވާލު ކުރެއްވުން އިމްރާން ވިދާޅުވީ މޭޑޭ  މުޒާހަރާއަށް ފަހު އެރޭ އިމްރާން ހައްޔަރުކޮށް އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭގޮތުން ހޯދި ހެކިތައް، ކުރީ ސަރުކާރުގައި ފުލުހުން އަތުލާފައި ކަމަށެވެ.

“މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން. އެ ލިޔުންތަކަށް ވީ ގޮތް ބަލަން އިތުރު ތަހުގީގެއް ކުރަން ވަގުތެއް ނެތް” އިމްރާން

ހޮނިހިރު ދުވަހުގެ ރޭ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރިލްވާންގެ މައްސަލަ ރައީސް ޔާމީނާ ގުޅުވައި ދެއްކި ކަރުދާސްތަކަކީ އޭގެ އަސްލެއް ނޫން ކަމަށާ އެ ކަރުދާސްތަކުގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށެވެ. އަދި އެ ދުވަހު އެއްވެސް މީހަކަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެދުވަހު ހަމަ އެކަނި ވިދާޅުވީ ރިލްވާން އަދި އަފްރަޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށް ކަމަށާއި އެދުވަހު ދެއްކި ހުރިހާ ވާހަކައެއް މިއަދުވެސް ހަނދާނުގައި އެބަހުރި ކަމަށް އިމްރާން ވިދާޅުވިއެވެ.

“އަޅުގަނޑު ހަނދާން އެބަހުރި އެ ދުވަހު ދެއްކި ވާހަކަތައް ވެސް އިނގޭތޯ. އަޅުގަނޑު ދެންނެވީ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ. އަޅުގަނޑު އެ ބޭފުޅުން ބައިވެރިވި ކަމަށް ނުވަތަ އެ ބޭފުޅުން އެކަން ކުރެއްވި ކަމަކަށް ދޭހަވާނެ އެއްޗެއް ނުބުނަން” އިމްރާން

ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި “މޭޑޭ މުޒާހަރާ”ގައި އިމްރާން ވަނީ ރިލްވާން ގެއްލުވާލުމުގައި ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: