ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔުޒިކް އަޑުއަހައި މަޖާކުރުމަށް މަރުކަޒެެއް ހެދުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފުކަމެއް: މޮސްޓާ

ޝެއާރކޮށްލާ ކަހަލަދޯ؟

މިޔުޒިކް އަޑުއަހައި މަޖާކޮށްލުމަށް މަރުކަޒެެއް ހެދުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފުކަމެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާ ކޮށްލުމަށް މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުމާ ގުޅިގެންނެވެ. އެ ގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް އެވެ.

މިކަމާ ގުޅިގެން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފުކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެކަހަލަ ކަމަކަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

“މިއީ ނާސިގެއެއް ހަދަން ގޮވާލުން. ލަވައާއި މިއުޒިކަކީ ހަރާމް ކަމެއް ކަމަށް 25 އަށް ވުރެ ގިނަ ދިވެހި އިލްމުވެރިން ވަނީ ފަތުވާ ނެރެފައި.” މޮސްޓާ ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ މާލެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާ ކަމަށެވެ.

އެގޮތުން ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިއަދު މާލޭގައި އުޅޭ ޒުވާނުން އިންތިހާ އަށް ބޭނުންވެފައިވާ ކަމަށެވެ.

ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށް ވިދާޅުވެ ހަސަން ލަތީފްގެ ގަރާރުގައި ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ފަންނުތަކާއި ހުނަރުތައް ހުންނަ ޒުވާނުން އުޅޭ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: