ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީގައި އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް،  ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހޯރަފުށީގައި ރޭ ހިނގި ގެވެށި އަނިޔާގެ މައްސަލައިގައި ގުޅުންހުރި ހުރި މުއައްސަސާތަކާއެކު މިނިސްޓްރީން މަސައްކަތް ކުރަމުނ އަންނަ ކަމަށެވެ. އެ މައްސަލައިގައި، އަނިޔާ ލިބިފައިވާ މީހާގެ ސިއްހީ ފަރުވާގެ ކަންކަން ބަލަމުން އަންނަކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޯރަފުށީގެ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ރޭ 9:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ ވަނީ ރޭ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ.

ފިރިހެން މީހާއަށް ވެސް މި ހަމަނުޖެހުމުގައި އަނިޔާވެ ހޯރަފުށީ ހެލްތު ސެންޓަރުން ފަރުވާ ދީފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: