ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރައިވަރު އައިންތުގެ ކަންބޮޑުވުންތައް މޭޔަރު ޝިފާއާ ހިއްސާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު) އަށް ދިމާވަމުންދާ ދަތިތަކާ ގޯނާތަކާ ބެހޭގޮތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދާ މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، މޭޔަރު ޝިފާ، އައިންތުއާ ބައްދަލުކޮށް އޭނާއަށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތައް ޝިފާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އެ ގޯނާތަށް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން މޭޔަރު ޝިފާ އެދިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މިދިޔަ ހަފްތާ ތެރޭގައި އައިންތު ގެ ކާރަށް އަނެއްކާވެސް ބަޔަކު ވަނީ ގެއްލުންތަކެއް ދީފައެވެ.

ޓެކްސީއަށް ގެއްލުންތަކެއް ދީފައިވާތީ އެކަމަށް ކަންބޮޑުވުންފާޅުކޮށް އައިންތު ފޭސްބުކްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކާރަށް ގެއްލުންތައް ދީފައިވަނީ ޑްރަގް ކޯޓު ކުރިމަތީ ޕާކުކޮށްފައި އޮއްވާ ކަމަށެވެ. އަދި މިއީ ޓެކްސީ ކުރަން ފެށިފަހުން ބަޔަކު ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރުކަމަށް ވެސް އައިންތު ވަނީ ބުނެފައެވެ.

ކާރަށް ދޭ ގެއްލުންތައް ރަނގަޅުކުރުމަށް ބޮޑު ހަރަދުތަކެއް ދާއިރު، އައިންތު ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކާންބޯން ކުރާ މަސައްކަތަށް ހުއްޓުމެއް އައިސްފައިވާ ކަމަށެވެ. އަދި މިކަން ހައްލުކޮށް ދިނުމަށް ފުލުހުންނާއި، އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އައިންތު ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: