ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޫޓްގެ ފައިސާ ފޭރެން އުޅުނު މީހުންގެ ވަނަވަރު އާއްމު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު ހަތަރު މީހުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފިއެވެ.

ފުލުހުން ބުނީ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) ކަމަށެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ.

މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުންނެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ހުކުމް އެމީހުންގެ މައްޗަށް ތަންފީޒް ކުރުމަށް ގޮވާލަން

  2. މުޅިންވެސް ކުށުގެރެކޯޑް އޮންނަމީހުން
    ކުއްކުރީމަ އަދަބުނުލިބޭނތި ވާގޮތްމި
    އިސްލާމީ ޝަރީއަތް ތަަންނފީޒުކޮށްބަލަ ސައިޒުގަތިބޭނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: