ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 3 ގައި ސިފައިން ސައިފަތް ފޮށިގަނޑު ތެރޭގައި ފިލައި ތިބިކަމުގެ ތުހުމަތު

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3، ގައި ރާއްޖެ އަށް ހަމަލާދިންއިރު ބައެއް ސިފައިން ސައިފަތް ފޮށިގަނޑު ތެރެއަށް އެރި ފިލައި ތިބިކަމުގެ ތުހުމަތު ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރައްވައިފިއެވެ.

މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ އެ ދުވަހުގެ ނާމާންކަމާއި ބިރުވެރިކަން ފެނިވަޑައިގެންނެވި ކަމަށާއި އޭރުގެ ދިފާއީ ބާރުގެ ތެރޭގައި ވަރަށް ހިތްވަރުގަދަ ޒުވާނުން ވެސް ތިބި ކަމަށެވެ.

މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ (އައިންތު) ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ މިއަދު ހުށައެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން  ޝަހީދު ހުސެއިން އާދަމްގެ ނަން ފާހަގަކުރައްވަމުން ހަލީމް ވަނީ ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ސައިފަތް ފޮށިގަނޑު ތެރެއަށް އެރި ތިބި ކަމަށްވެސް ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ އެ ދުވަހު ހިދުމަތުގައި ތިއްބެވި ސިފައިންނާއި ގުޅޭގޮތުން ކުޑައިމީސްކޮށް ވާހަކަ ދައްކާ ކަމަށް ބުނެ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.

އެ ދުވަހުގެ ޑިފެންސް މިނިސްޓަރ އޮތީ ފާރެއް މަތިން ފުންމާލައިގެން އަތް ބިިންދައިގެން ގޮސްފައިކަމަށާއި އަދި ރައީސް ވެސް އޮތީ ގެއެއްގެ ގޮށްޓެއްގެ ދަށަށް ވަދެ ފިލައި ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: