ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯންޏަށް އަރައި ހިންގީ ޓެރަރިޒަމްގެ އަމަލެއް، އިންސާފު ކަށަވަރުކޮށްދީ: އެޗްއާރުސީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެރޭ ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ބަޔަކު ތޫނު އެއްޗެއްސާއި އެކު “ފަސްކުރި” ދޯންޏަށް އަރައި ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މަސް ދޯންޏަށް އަރައި ފަޅުވެރިންނަށް ބިރު ދެއްކި މައްސަލައާ ގުޅިގެން 16 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކޯޓުން އެ އެންމެން ވަނީ ދޫކޮށްލާފައެވެ.

އެ ހާދިސާއާ ގުޅިގެން އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދޯނި ހައިޖެކްކޮށް ދޯނީގައި ތިބި ފަޅުވެރިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި މައްސަލައަކީ ގާނޫނު އަސާސީންނާއި، ގާނޫނުތަކާ ގަވާއިދުތަކާ، ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި، ދިރިހުރުމުގެ ހައްގާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގާއި، މުދާ ރައްކާތެރިކުރުމުގެ ހައްގާއި، މަސައްކަތް ކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ ފަދަ މައްސަލައަކަށްވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ޓެރަރިޒަމްގެ މި މައްސަލައަކީ ހައްސާސީ މައްސަލައެއްގެ ގޮތުގައި ދެކި، ވީ އެންމެ އަވަސް މިނެއްގައި ތަހުގީގުކޮށް، މި ބިރުވެރި އަމަލު ހިންގާފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، މި ހާދިސާ ކުރިމަތިވި މަސްވެރިންނަށް އިންސާފު ކަށަވަރުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި ފަރާތްތަކަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.

އަދި މި މައްސަލައާ ގުޅިގެން އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު އަޅަމުންދޭތޯ ކޮމިޝަނުން ފާރަވެރިވެ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރު ގާތުން ބަލަމުންދާނެ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

އެ ކޮމިޝަނުން ވަނީ ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ބާރުގެ ބޭނުން ކުރުމަކީ މުޖުތަމައުގައި އަނިޔާވެރިކަމާއި ލޭ އޮހޮރުވުން ފެތުރިދާނެ ކަމެއް ކަމަށްވުމާއެކު، މިފަދަ އަމަލުތަކުން ހުރިހާ ފަރާތްތަކުން ދުރުވުމަށް ގޮވާލާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: