ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ނޮވެމްބަރުގައި އިންޑިއާ ސަރުކާރުން ވެދެއްވި އެހީއަށް މައުމޫންގެ ޝުކުރު!

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ ނާކާމިޔާބު ކޮށްލަން އިންޑިއާ ސަރުކާރުން ވެދެއްވި އެހީއަށް އޭރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 3 ނޮވެމްބަރު 1988 ދުވަހު ދިވެހި ޤައުމަށް ދެއްވި މަތިވެރި ނަޞްރަށްޓަކާ މާތް ﷲ އަށް ޙަމްދުކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

“އެއަށްފަހު ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ފޮނުވަން. އަދި އިންޑިޔާ ސަރުކާރުން ވެދެއްވި ވަރުގަދަ އެހީއަށް މިއަދުވެސް ޝުކުރު ދަންނަވަން.” މައުމޫން ވިދާޅުވިއެވެ.

މިއަދަކީ މީގެ 32 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރު ހޯދައިދިން މިހާދިސާއަށް 32 އަހަރު ފުރޭ ދުވަހެވެ.

ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: