ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް ހުސެއިން އާދަމް ފަދަ ދަރިންތަކެއް ބޭނުންވޭ”

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށްޓަަކައި ޝަހީދު ހުސެއިން އާދަމް ފަދަ ދަރިންތަކެއް މި ގައުމަށް ބޭނުންވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޮސްޓާ ދެއްވި މެސެޖެއްގައި މޮސްޓާ ވިދާޅުވީ ޝަހީދު ހުސެއިން އާދަމް އަކީ ގައުމީ ބަތަލެއް ކަމަށާއި ތިލަދުންމަތީގެ ފަޚުރު ކަމަށެވެ.

އަދި މީގެ އިތުރުން މިއަދުވެސް ހަނގުރާމައަކާއި ހަމައަށް ނުދިޔަޔަސް ޤައުމު މިވަނީ މާ ހެޔޮ އެދޭ ކަމަށް ދައްކައިގެން މި ޤައުމަށް ފާވެގެންފައިވާ އިންޑިއާއޭ ކިޔުނު ބައެއްގެ އަޅުވެތިކަމުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭން ޝަހީދު ހުސެއިން އާދަމް ފަދަ ދަރީންތަކަށް ބޭނުން ވެފައި ކަމައްވެސް މޮސްޓާ ވިދާޅުވިއެވެ.

“ގައުމަށް ގައްދާރުވާ މީހުން ގަބޫލު ނުކުރި ނަމަވެސް ނޮވެމްބަރު 3 ގެ ޝަހީދުންގެ އަގު މި ފަސްގަނޑާއި މި ފަސްގަނޑުގައި އުޅޭ ގިނަ ދިވެހި ރައްޔިތުން މިއަދު ވެސް ގަބޫލުކުރާ ކުރޭ” މޮސްޓާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންޑިއާއަތުން ޤައުމު ސަލާމަތްކުރުމަށްބޭނުންވަނީ އަގަނުތާހިރުދެތިންމީހުން
    އެކަކުއެބައުޅޭ ޗެނަލްތޭރަ އުޅޭނެއަގަ ނަޖިސްދެމީހުން ހަމަވީ
    ސަލާމަތްވާނެ ކަމަށްބެލެވޭ ޝުކުރިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: