ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުން ގަޑިޖެހޭ މައްސަލަގައި މޮސްޓާ، ރައީސް ނަޝީދު އަށް: އަނގަ ގަދަ ނުކޮށް އަމިއްލައަށް އިސްލާހުވޭ!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަކީ ހަމައެކަނި 9 އަކުން 10:30 މަޖިލީހަށް ގޮނޑި ފުރަން އަންނަޖެހޭ ބޭފުޅެއްތޯ ސުވާލުއުފައްދަވާ، ރައީސް ނަޝީދު އިސްލާހުވުމަށް، ނޮޅިވަރަމް ދާއިރާ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައިފިއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އޮތް މައްސަލައެއްކަމުގައިވާ، މެންބަރުންގެ އަދަދު 87 ވުރެ އިތުރު ނުކުރުމާއި ގުޅިގެންކުރެވޭ ބަހުސްތައް ފާހަގަކޮށް، މަޖިލީހަށް މެންބަރުން ހާޒިރު ނުވާއިރު އެބޭފުޅުންގެ މުސާރައިގެ ގޮތުގައި ލިބޭ 85،000 ރުފިޔާ ހައްގުތޯ މެންބަރު ނަޝީދުގެ އަރިހުން ސުވާލުކުރުމުން، ޖަވާބުގައި އޭނާ ވިދާޅުވީ އެ ވާހަކަ އެންމެ ގަދަޔަށް ދައްކަވާ ބޭފުޅަކީ ރައީސް ނަޝީދުކަމަށެވެ. މެންބަރު ނަޝީދު ފާހަގަކުރެއްވީ ރައީސް ނަޝީދަކީ މި މައްސަލަ އެންމެ ބޮޑަށް ހުރި ބޭފުޅާކަމަށާއި އިސްލާހުވާންޖެހޭކަމަށެވެ.

އެންމެ ގަދަޔަށް އެވާހަކަ ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެއްވެސް ދުވަހަކު ފެނުންތޯ 10:30 ގެ ފަހުން ބުރޭކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސަކީ ހެދުނު 9:00 އަކުން 10:30 އަށް އެ ގޮނޑި ފުރަން އަންނަ މީހެއްތޯ؟

މެންބަރު ނަޝީދު ފާހަގަކުރެއްވީ ކޮންމެ މީހަކުވެސް އަނގަގަދަ ކުރަނީކަމަށެވެ.

ފާއިތުވެ ދިޔަ އަހަރުގެ މެއި 6 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ޑްރާމާއެއް ނުވަތަ ޖޯކެއްގެ ގޮތުގައި ސިފަކުރައްވާ މެންބަރު ނަޝީދު ވިދާޅުވީ، އެ ޑްްރާމާއަށްފަހު ރައީސް ނަޝީދު އިގިރޭސިވިލާތުގައި އެތައް ދުވަހެއް ހޭދަކުރެއްވިކަމަށާއ، އޭރު އެމަނިކުފާނުގެ ހާޒިރީގައިި ޖަހާފައި އިންނަނީ ދެ ސްޓާކަމަށާއި ވީ ކީއްކަމެއްވެސް ނޭގޭކަމަށެވެ. މެންބަރު ނަޝީދު ވިދާޅުވީ ރައީސް ނަޝީދަށް އެފަދައިން ކައްތައްކުރެވޭނަމަ، އެހެން މެންބަރުންނަށްވެސް ކުރެވެންޖެހޭނެކަމަށެވެ.

މެންބަރު ނަޝީދު ވިދާޅުވީ ރައްޔިތުން އަބަދުވެސް ދައްކަނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ވާހަކަމަށެވެ. އަދި އޭނާ ސުވާލުއުފެއްދެވީ ވަޒީރުންގެ މުސާރައާއި، ކުރީގެ ރައީސުންގެ އިނާއަތް ބޮޑު ވާހަކަ ނުދައްކަނީ ކީއްވެގެންތޯއެވެ. ރާއްޖެއިން ޞޭރުގެ އެމްބަސީތަކަށް ކުރާ ހަރަދުގެ ވާހަކަވެސް ދައްކަން ކެރުނީ މިއަދުކަމަށާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ ބޮޑު ވާހަކަ ނުދައްކާކަމަށް ވިދާޅުވެ، އޭނާ ފާހަގަކުރެއްވީ އެ ފައިސާވެސް ހަރަދުވަނީ ހަމަ ދައުލަތުގެ ލާރިންކަމަށެވެ.

މެންބަރުންނަށްވުރެ މުސާރަ ބޮޑެތި އެމްޑީން އެބަތިބި، ޑީއެމްޑީން އެބަތިބި. އެމީހުންނަށް އެބަހުރޭ ކާރާ ބޮޑެތި މަހައްދާ މަސް ލޯންޗުތަކާއި އެއްޗިހި، އެވާހަކަ ދައްކަންވީނުންތޯ؟

މެންބަރު ނަޝީދު ފާހަގަކުރެއްވީ މެންބަރުންނަށް އެލިބޭ ފައިސާއިން ބޭސްފަރުވާ އަދި އެހެނިހެން ކަންކަމުގައިވެސް ރައްޔިތުންނަށް އެހީވާކަމަށެވެ. ނަމަވެސް ރައްޔިތުން އެހީއަށްއެދި ދާ އެމްޑީއެއް ނުވަތަ ޑިއެމްޑީއެއްވެސް ނުހުންނާނެކަމަށެވެ.

މެންބަރު ނަޝީދު ފާހަގަކުރެއްވީ ރައްޔިތުންނަށް މެންބަރުންގެ މަސްއޫލިއްޔަތާއި، މަސައްކަތްތައް އޮޅިފައިވާކަމަށެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 6%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މެމްބަރުން ނުޖެހޭނެ ރައްޔިތުންނަށް ފައިސާގެ އެހީދޭކަށް ، އަދި އެހނޭ ކިޔާފަ މެމްބަރުންގެ މުސާރަ ބޮޑުކުރަންވެސް ނުޖެހޭ ، ސަބަބަކީ މިކަމުން ބައެއްމެމްބަރުން ނާޖާއިޒު ފައިދާ އެބަނަގަމުންދޭ ، ވޯޓުހޯދަންވެސް އެބަ ފައިސާގެ އެހީދޭ ، ރައްޔިތުންނަށް އެހީވާންޖެހޭނީ ދައުލަތުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: