ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 8 ގެ ކުރިން ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ނިމޭނެ: އެމްޓީސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަންނަ އާދީއްތަ ދުވަހަށް ހޯރަފުށީ އެއާޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، ރަންވޭ އެޅުމުގެ މަސައްކަތުގެ 99 ޕަސެންޓާއި، ޓަރމިނަލް ބިލްޑިންގ އެޅުމުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔަރ ބިލްޑިންގ އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 37،425 އަކަ މީޓަރުގެ ރަންވޭއެއް އެޅުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅުމާއި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމުކުރުމާއި، ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: