ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ކުޑަ ކުރި މައްސަލަ ބާތިލު ކުރުމަށް ހުށަހެޅި ހުށައެޅުން ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް މިއަދު ހުކުމްކޮށްފިއެވެ.

ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމްއެވެ.

އެ މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓަށް އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ބެލުމަށް ކަމަށާއި މުސާރަ ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ހުކުމްވަނީ ކޮށްފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: