ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން މުވައްޒަފު މަރުވި މައްސަލާގައި ކަނޑިންމަގެ އިހުމާލު އޮތްތޯ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ކަނޑިންމަ ރިސޯޓުން މުވައްޒަފު މަރުވުމުގައި އެ ރިސޯޓުގެ އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ އާދަމް ނަސީރު އެވެ.

ކޮމިޝަނުން މިއަދު ބުނީ އެއީ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލައެއް ކަމަށެވެ. ބޭސްފަރުވާގައި ކަނޑިންމައިން އިހުމާލުވެފައިވާ ކަމުގެ ތުހުމަތާ އެކު އާއިލާ އިން ވެސް ވަނީ އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅަން ނިންމައިފަ އެވެ.

އާއިލާއިން ބައެއް މީޑިއާތަކުން މައުލޫމާތު ދެމުން ބުނެފައިވަނީ ނަސީރު މަރުވެފައިވަނީ ހުން އައިސްގެން އުޅޭތާ 10 ދުވަސް ފަހުން ކަމަށެވެ. އަދި ބަލި ވާން ފެށީންސުރެ އިތުރު ފަރުވާއަށް މާލެ އަށް ނުވަތަ ރަށަށް ފޮނުވައި ދިނުމަށް އެދުނު ނަމަވެސް ފަހު ވަގުތާއި ޖެހެންދެންވެސް ރިސޯޓުގެ މެނޭޖްމެންޓުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: