ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 އަހަރަށްފަހު އިމިގްރޭޝަންގެ އެކްޝަން ޕްލޭންއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ “ސްޓްރެޓެޖިކް ޕްލޭން 2020-2024” ތައާރަފްކޮށްފިއެވެ.

މިއީ 12 އަހަރުގެ ތެރޭގައި އިމްގްރޭޝަނުން ތައާރަފްކުރި ފުރަތަމަ އެކްޝަން ޕްލޭންއެވެ.

މި ސްޓްރެޓެޖިކްް ޕްލޭން ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު، އަލްއުސްތާޛު ފައްޔާޒް އިސްމާއިލްއެވެ. މި ޕްލޭންގެ މަޤްސަދަކީ، ދުރު ރާސްތާ އަމާޒަށް ވާސިލުވުމަށްޓަކައި ޙިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއެކު ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން، މިޕްލޭނާ އެއްގޮތަށް އިމިގްރޭޝަންގެ މަސައްކަތްތައް ތަންފީޒުކުރުމެވެ.

މި ސްޓްރެޓެޖިކް ޕްލޭނަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ވަޢުދުތަކާއި އެއްގޮތްވާނޭހެން އެކުލަވާލާފައިވާ ޕްލޭނެކެވެ. އަދި މި އިސްތިރާޖީ ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާއަކަށް އަލިއަޅުވާލާފައިވާނެއެވެ. އެގޮތުން އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިމިގްރޭޝަން އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ މައިގްރޭޝަން ނިޒާމް އިތުރަށް ތަރައްޤީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައަޅާފައިވެއެވެ.

2020އިން 2024އަށް މޯލްޑިވްސް އިމިގްރޭޝަންއިން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭން ތަޢާރަފްކޮށްދެއްވާ ރަސްމިއްޔާތުއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވީ، މުވައްސަސާތަކުން ސަރުކާރުގެ އިސްތިރާޖީ އެކްޝަން ޕްލޭނާ އެއްގޮތަށް އެމުވައްސަސާތަކުގެ އެކްޝަން ޕްލޭންތައް ތަޢާރަފްކޮށް، އެ ޕްލޭނުގެ ދަށުން މަސައްކަތް ކުރަމުން ދަނީ މީގެކުރިން ކޮށްފައިނުވާ މިންވަރަށް ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް މުހިންމުވަނީ، މިކަންކަމުގެ ސަބަބުން
އެންމެންނަށް ވެސް ކުރިޔަށް ދާންވީ މިސްރާބު ވަރަށް ސާފުކޮށް އެނގެން އޮތުމާއި އަދި މިސްރާބުން ކައްސާލައިގެން ދާނަމަ އެކަން ފަސޭހައިން ދެނެގަނެވޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ހުސައިން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މުހިންމުކަމާއި މި ޕްލޭނާ އެއްގޮތަށް ކަންތައްތައް ތަންފީޒުކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލެއްވިއެވެ. އެގޮތުން ކޮންޓްރޯލަރ ވިދާޅުވި ގޮތުގައި މި ސްޓްރެޓެޖިކް ޕްލޭނަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ޝާޢިއުކުރެވޭ ފުރަތަމަ ޕްލޭންކަން ފާހަގަކުރެއްވިއެވެ. އަދި އިމިގްރޭޝަނުން ކުރާ މަސައްކަތްތަކަކީ އަބަދުވެސްދުރާލާ ވިސްނާ ރާވައިގެން ކުރެވޭނެ ކަންކަމަށްކަމަށް ވުމަކީ މުއައްސަސާއަށް އަންނަ އިތުރު ހަރުދަނާކަމެއް ކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: