ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހައި ރިސޯޓުތަކާއި ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަޢުޞޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ރާއްޖޭގެ ހުރިހައި ރިސޯޓުތަކާއި ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާކަމަށް ވެސް މިނިސްޓަރު މަޢުޞޫމު ވިދާޅުވިއެވެ.

“ރިސޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަނީ. ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު. ޝުކުރިއްޔާ ރައީސް ޞާލިޙް, ޝުކުރިއްޔާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ.” މިނިސްޓަރު މަޢުޞޫމު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިން އަދި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަން ހާމަކޮށްފައެވެ.

އެގޮތުން ބައެއް ތަންތަނުން އެސްއޯޕީތަކާއި އަދި ގައިޑްލައިންތަކަށް އަމަލުނުކުރާކަން ފާހަގަވެފައިވާކަމަށާއި ގައިޑްލައިންތަކާއި އެސްއޯޕީތައް ހަދާފައިވަނީ ފަތުރުވެރިންނާއި އެތަނެއްގެ މުވައްޒަފުން އަދި މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްކަން އެ މިނިސްޓްރީން ވަނީ ފަހަގަކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: