ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓްރީއިން ބުނަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކުރިކަން އަންގާފައި ނެތް ކަމަށް!

އެންސިސްގެ ފެކްޓްރީގައި ބަޔަކު ކަންނެލި އެކްސްޕޯޓްކުރަން ޕްރޮސެސްކުރަނީ/ ފޮޓޯ: އެންސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ކަނޑުމަހުގެ ބާވަތްތައް އަވައްޓެރި ސްރީލަންކާ އަށް އެތެރެ ކުރުން އެ ގައުމުން މަނާކޮށްފައިވާކަން އަންގާފައި ނުވާކަމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކުރި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ހަބަރުތައް ދޮގުކޮށް ފޮރިން މިނިސްޓްރީއިން މީޑިއާތަކަށް އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ކަނޑު މަހުގެ ބާވަތައް އެތެރެކުރުން މަނާކުރި ކަމަށް ލަންކާއިން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ލަންކާއިން މިދިޔަ މަހުގެ ތެރޭގައި ވެސް ރާއްޖެއިން އެ ގައުމަށް މަހުގެ ބާވަތްތައް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ސްރީލަންކާގެ ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާކޮށް، އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ފޮރިން މިނިސްޓްރީއިން މި ގޮތަށް ބަޔާން ނެރުނު ނަމަވެސް ލަންކާއިން މީގެ ކުރިން ވެސް ބައެއް ގައުމުތަކުން މަހުގެ ބާވަތްތައް އެ ގައުމަށް އެތެރެކުުރުން މަނާކޮށްފައިވެއެވެ.

ރާއްޖޭން އެތެރެކުރާ މަހުން ނަގާ ޑިޔުޓީ ލަންކާއިން ވަނީ ބޮޑުކޮށްފައެވެ. ލަންކާގެ ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން އެ ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވާތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ. ލަންކާ އިން “މޯލްޑިވް ފިޝް” ގެ ނަމުގައި، ޔޫރަޕާއި އެހެން ގައުމުތަކަށް މަސް އެކްސްޕޯޓްކުރާ މައްސަލަ ބޮޑުވެފައިވާއިރު، މެމްބަރުންގެ ކަންބޮޑުވުންތަކަށް ޒަހާ ރާއްޖޭގެ މަސް ބްރޭންޑެއްގެ ގޮތުގައި ޕޭޓަންޓް ކުރަން ގާނޫނެއް ބޭނުންވާ ކަމަށެވެ. ޕޭޓަންއަކީ އަމިއްލަ އުފެއްދުންތަކަށް ގާނޫނީ ހިމާޔަތް ދޭ އުސޫލެކެވެ.

ލަންކާ އިން “މޯލްޑިވް ފިޝް” ގެ ނަމުގައި، ޔޫރަޕާއި އެހެން ގައުމުތަކަށް މަސް އެކްސްޕޯޓްކުރާ މައްސަލަ ބޮޑުވެ އެކަމުގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް، ޒަހާ ވިދާޅުވެފައިވަނީ ރާއްޖޭގެ މަސް ބްރޭންޑެއްގެ ގޮތުގައި ޕޭޓަންޓް ކުރަން ގާނޫނެއް ބޭނުންވާ ކަމަށެވެ. ޕޭޓަންއަކީ އަމިއްލަ އުފެއްދުންތަކަށް ގާނޫނީ ހިމާޔަތް ދޭ އުސޫލެކެވެ. ނަމަވެސް އަމިއްލަ އުފެއްދުންތައް ހިމާޔަތްކުރަން ބައިނަލްއަގުވާމީ ގޮތުން ވެސް ވަރުގަދަ ގާނޫނުތައް ހުރެއެވެ.

ލަންކާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ އިތުރުކުރި ނަމަވެސް، އޭގެ ސަބަބަުން ރާއްޖެއަށް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ޒަހާ ވިދާޅުވެފައި ވެއެވެ. ރާއްޖޭގެ މަހުގެ ބާވަތްތަކަށް ދުނިޔޭގެ ބާޒާރުގައި  ބޮޑު އަގު ލިބެ އެވެ. ލަންކާއިން ވަނީ ދާދިފަހުން ވެސް ރާއްޖޭން އެތެރެކުރާ މަހަށް ކިލޯއަކުން ނަގާ ޑިޔުޓީ ވަނީ 302 ލަންކާ ރުޕީސްއަށް ބޮޑުކޮށްފައި އެވެ.

ސްރީލަންކާ އަށް އާއްމުކޮށް އެކްސްޕޯޓް ކުރަނީ ހިކި މަހުގެ ބާވަތްތައް ކަމަށާއި އެ ވިޔަފާރިއަކީ މާ ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ނޫން ކަމަށާއި، ލަންކާ އާ ތައިލެންޑް ފަދަ ގައުމުތަކަށް ހިކި މަސް އެކްސްޕޯޓް ކުރެވުން ހުއްޓުމަކަށް އައުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް ޒަހާ ވިދާޅުވެފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ޔޫރަޕުގެ ޤައުމުތަކަށް އިމްޕޯޓްކުރާ މަހަކީ، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ބާނާފައިވާ މަސްވެރިކަމުގެ އުފެއްދުންތައް ކަމުގައި ޔަޤީންކުރުމަށް ޔޫރަޕިއަން ކޮމިޝަންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކުރެއެވެ. އެހެންކަމުން، ކޮމިޝަންގެ ކަމާއިގުޅޭ ފަރާތްތަކުން ވަނީ 2017 ވަނަ އަހަރުން ފެށިގެން 3 ފަހަރެއްގެ މަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިނިސްޓްރީއާއެކު ބައްދަލުވުންތައް ބާއްވާ، ދިވެހިރާއްޖެގައި މަސްވެރިކަމުގެ ނިޒާމު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ބަލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: