ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖައްސައިފި

ފޮޓޯ: ސަންގުޓީވީ -- ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރު ދުވަސް ފުރުން ފާހަގަކުރުމަށް، ފިހާރައިގެ ހުރިހާ ސާމާނަކުންވެސް 50 އިންސައްތަ ޑިސްކައުންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ހިންގާ ފިހާރަތައް މިއަދުން ފެށިގެން ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ފިހާރަތައްއ ހުޅުވުމައް މީގެކުރިން ހުއްދަ ދީފައިވަނީ ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ފިހާރަތައް ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ރޭގަ ކާފިއު ގަޑި ރޭގަނޑު 12 އިން ފަތިހު 4 އަށް އަދި 15 މީހުންނަށް ވުރެ ގިނަ ނުވާނެ ގޮތަށް މީހުން އެއްވެ އުޅުމަށް ހުއްދަދީ، މައިޒާންތަކާއި ޕާކުތައް ހުޅުވުމަށް ވެސް ހުއްދަ ދީފަވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: