ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާވި ބިދޭސީއެއް ކޮވިޑަށް ޓެސްޓު ކުރިއިރު ބައްޔަށް ޕޮޒިޓިވް!

ޝެއާރކޮށްލާ ކަހަލަދޯ؟

ނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއެއް ކޮވިޑަށް ޓެސްޓުކުރި އިރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ބިދޭސީ މީހާ ނިޔާވެގެން ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އުމުރުން 43 އަހަރުގެ އެ ފިރިހެން މީހާ، ނިޔާވެފައިވަނީ ކޮވިޑު ބަލީގައި ނަމަވެސް އެއީ ކޮވިޑު މަރެއްގެ ގޮތުގައި ނުބަލައެވެ.

މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުތަކުގެ ދަށުން، ނިޔާވެގެން ހޮސްޕިޓަލަށް ގެންދާ މީހެއްވނަމަ ކޮވިޑަށް ޓެސްޓު ކުރެއެވެ. ބިދޭސީ މީހާ ވަޅުލުމުގެ ކަންކަން ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ކޮވިޑު ޖެހިގެން ނިޔާވާ މީހުން ވަޅުލުމުގައި އަމަލު ކުރާ އުސޫލުގެ ދަށުންނެވެ.

ބިދޭސީ މީހާ ނިޔާވެފައިވަނީ ކޮވިޑުގެ ސަބަބުންތޯ ބެލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 11،000 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި 39 މީހަކު ވަނީ ނިޔާވެފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑުގެ ކޭސްއެއް ފެނިފައިވަނީ އޭޕްރިލް މަހުއެވެ. އަދި އޭގެ ފަހުން ދެ ފަހަރަކު މާލޭގައިގައި ކޮވިޑުގެ ޕީކްއެއް ދިޔައެވެ. އެއަށްފަހު އަނެއްކާވެސް ކޮވިޑު ޖެހޭ މީހުން އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: