ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަހަމަކަން ނެތުމުން އިދިކޮޅު ކޯލިޝަނުން އީސީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނެތުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސިޔާސީ ޙަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓަމުންދާތީއެވެ.

އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނެތްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޚާއްސަކޮށް އިދިކޮޅު ކޯލިޝަނަށް އެއްވެސް ވަރެއްގެ ފުރުސަތެއް ނެތް ކަމަށާއި އިދިކޮޅު ކޯލިޝަނުގެ ޙަރަކާތްތައް ހިންގުމާއި ކޯލިޝަނުން އިންތިޒާމުކުރާ ކަންކަން ކުރުމަށް ބޮޑުތި ހުރަސްތައް ހުރިކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުވެސް ކުރިއަށް އޮތުމާއެކު،  އަތޮޅުތެރެއަށް ދަތުރުކޮށް ކެންޕެއިން ހަރަކާތްތައް ހިންގުމުގެ ފުރުސަތު އިދިކޮޅު ކޯޝަނަށް ލިބިފައި ނުވާކަން އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުން ހިންގާ ކަންކަމުގެ ނަމުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ރަށްރަށް ވަޑައިގެން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރަށްރަށަށް ދަތުރުކޮށް ކެމްޕޭން ކުރުމުގެ ފުރުސަތާއި ސިޔާސީ ޕާޓީތަކަށް ލިބެންޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ލިބޭނެ ގޮތް ހަދައިދޭން އިދިކޮޅު ކޯލިޝަނުންވަނީ އީސީގައި އެދިފައެވެ.

“ކައުންސިލް އިންތިހާބު މިއޮތީ ބޯމަތިވެފައި، މިއަދުގެ ބައްދަލުވުމުން އެނގިގެންދިޔަ މާޗް މަހުގަ އިންތިހާބު ބާއްވަން އެބޭފުޅުން މަސައްކަތް ކުރައްވާ ކަން، އެކަމަކު ކެމްޕޭން ކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނެތް” އަބްދުއްރަހީމް

މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވީ ހަމަހަމަ ފުރުސަތު އީސީ އިން ގާއިމް ނުކޮށްދީފިނަމަ އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމަށް އެ ކޯލިޝަންއަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު އީސީގެ މެންބަރުންނާއި ބައްދަލުކުރުމުގެ ކުރިންވެސް ޝުޖާއު އެހެން ވިދާޅުވެފައެވެ.

އީސީގެ މެންބަރުންނާއި ބައްދަލު ކުރުމަށް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންގެ ތެރޭން ވަޑައިގެންނެވީ  އަބްދުއްރަހީމްގެ އިތުރުން ޝުޖާއު އާއި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު މުއިއްޒާއި ޣައްސާން މައުމޫނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސުން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅެވެ.

ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މި އިންތިޚާބުގެ ވާދަވެރިކަން އޮތީ އެމްޑީޕީ އާއި ޕީޕީއެމާ ދެމެދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: